ދިވެހިރާއްޖެ
މަޤާމު: |
ޖީ.އައި.އެސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-322378 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ / ކ.މާލެ |
މުސާރަ: |
-/6295ރ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
-/2000ރ (ދެހާސް ރުފިޔާ) |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ތިމާވެށީގެ މައުލޫމާތުތަށް އެއްތަނަކުން ފަސޭހަކަމާއިއެކުގައި ލިބޭނެ ގޮތަށް، އެންވަޔަރަންމަންމަންޓަލް އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމުކުރުމުގެ މަސައްކަތްތަށް ކުރުން. 2- އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމް ބެލެހެއްޓުން އަދި އަޕްޑޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ރާވައި ހިންގުން. 3- އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ އީކޮލޮޖިކަލް ޑޭޓާބޭސް ތައްޔާރުކުރުމަށް ބޭނުންވާ މައުލާމާތު ހޯދުމަށް ކުރަންޖެހޭ ސާވޭ ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން. 4- ސަރުކާރު އިދާރާތަކުން އެއްކުރާ ތިމާވެއްޓާއި ގުޅުންހުރި އަދި އޮފީހުގެ މަސައްކަތާއި ގުޅުންހުރި މައުލޫމާތުތަށް ހޯދުމުގެ ނިޒާމެއް އެފަރާތްތަކާއި މަޝްވަރާކޮށްގެން ހޯދުން، އަދި އެ މައުލޫމާތުތަށް ސިސްޓަމަށް އަޕްލޯޑުކޮށް / ސިސްޓަމުގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް ލިބޭނޭ ނިޒާމެއް ގާއިމު ކުރުން. 5- ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަށް އަދި ދިރުންތަކާއި ގުޅޭ ދިރާސާތަކުގެ މައުލޫމާތުތަށް ހޯދައި އެމައުލޫމާތަށް ސިސްޓަމުގެތެރެއިން ބޭނުންވާ ފަރާތްތަކަށް ލިބޭނޭ ނިޒާމެއްގާއިމު ކުރުން. 6- އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމަށް މައުލޫމާތުތަށް އެޅުމުގައި ގެންގުޅެން ޖެހޭ މިންގަޑުތަށް އެކުލަވާލައި، އެމިންގަޑުތަށް ސިސްޓަމް ބޭނުންކުރާ ފަރާތްތަކާއި ހިއްސާކޮށް އެކަމަށް އަހުލުވެރިކުރުވުން. 7- އެންވަޔަރަންމަންޓަލް އިންފޮމޭޝަން ސިސްޓަމާއި އަދި އޭގައި އެކުލެވޭ މައުލޫމާތުތަށް ހިއްސާކުރުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަށް އަދި އާންމުންގެ ޖަމިއްޔާ ޖަމާއަތްތަކަށް ދޭންޖެހޭ އެއްބާރުލުންދީ، އެފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން. 8- އެންވަޔަރަންމަންޓް ރިސާރޗް އެންޑް ކޮންޒަރވޭޝަން ސެކްޝަނުން ކުރަންޖެހޭ ދިރާސާ ދަތުރުތައް ދިޔުމާއި، ސަރވޭކޮށް ރިޕޯޓް ތައްޔާރުކުރުން. 9- އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި ދިވެހި ރާއްޖެ ތަމްސީލް ކުރުމަށް މީޓިންގ، ސެމިނާތަކުގައި ބައިވެރިވުން. 10- އީ.ޕީ.އޭ އިން ހިންގާ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތުގައި ބައިވެރިވުން. 11- އަހަރީ ރިޕޯޓް އަދި ވޯކްޕްލޭން ތައްޔާރުކޮށް އެއްކޮށްލުމަށް ފަހު ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން. 12- އެސް.އޯ.ޕީތައް ތައްޔާރުކޮށް އަހަރަކު އެއްފަހަރު އަޕްޑޭޓްކުރުން. 13- މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗްލާސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ބަޔޯ ޑައިވާސިޓީ ބައޯޖިއޮގްރަފީ ބަޔޯޓެކްނޮލޮޖީ ކެމިކަލް އިންޖިނިއަރިންގ ކޯސްޓަލް އިންޖީނިއަރިންގ ކޮމްޕިއުޓަރ ސައިންސް އިކޮލޮޖީ އެނާޖީ އިންޖިނިއަރިންގ އެންވަޔަރަންމެންޓަލް ކެމިސްޓްރީ އެންވަޔަރަންމެންޓަލް އިކޮނޮމިކްސް އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ އެންވަޔަރަންމެންޓަލް މެނޭޖުމަންޓު އެންވަޔަރަންމަންޓަލް ޕޮލިސީ އެންވަޔަރަންމެންޓަލް ސައިންސް ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް ޖިއޯމެޓިކްސް ޖިއޮމެޓިކް އިންޖީނިއަރިންގ މެރިން ބަޔޮލޮޖީ މެރިން ކެމިސްޓްރީ މެރިން ސައިންސް މައިކްރޯބަޔޮލޮޖީ ސްޕާޝިއަލް ސައިންސް ވޯޓަރ އެންޑް ސެނިޓޭޝަން ވޯޓަރ ކެމިސްޓްރީ ވޯޓަރ އިންޖީނިއަރިންގ ވޯޓަރ މައިކްރޯބައޮލޮޖީ ވޯޓަރ ރިސޯސް މެނޭޖްމަންޓް ވޯޓަރ ސައިންސް ވޯޓަރ ޓެކްނޮލޮޖީ
މަޤާމުގެ ކޯ ޑިސިޕްލިންސް: އެންވަޔަރަންމެންޓަލް ސައިންސް ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް ޖިއޯމެޓިކްސް ޖިއޮމެޓިކް އިންޖީނިއަރިންގ
ޕްރިފަރޑް ޑިސިޕްލިންސް: ނެތް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: އެންވަޔަރަމެންޓް ޖިއޯމެޓިކްސް ޖިއޯގްރަފިކަލް އިންފޮމޭޝަން ސައިންސް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025މާރިޗް04 ވާއަންގާރަ ދުވަހު 12:30ގެ ކުރިން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު،އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ 2025 މާރިޗް 05 އާއި 2025 އޭޕްރީލް 06އާ ދެމެދު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949، 3038833 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސްކޮމިޝަނުގެ ވެބްސައިޓްގެޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (40/Index/Policy/mv.gov.csc.www://https) އިން ލިބެން ހުންނާނެއެވެ. |