އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލުގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

        އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލުގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ ފޯރުކޮށް އެތަކެތި ރާވައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު ((IUL)347/347/2025/4) އަަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 24 ފެބްރުއަރީ 2025 (ހޯމަ) ދުވަހުން ފެށިގެން 02 މާރިޗް 2025 ވާ (އާދިއްތަ) ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އެކު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 03 މާރިޗް 2025 ވާ (ހޯމަ) ދުވަހުގެ 11:15 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަދެންނެވީމެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 09 މާރިޗް 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 މާރިޗް 2025 ވާ އާދިއްތަ ދުވަހު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. 

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

24 ފެބުރުވަރީ 2025
ހޯދާ