ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި މަޤާމަކީ ކުންފުނީގެ މުވައްޒަފުންނަށް އަދި ކުންފުނީގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ސައި/ ބުއިން ތައްޔާރުކޮށް، ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ސާފުކުރުމާއި މިކަމާގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް ޚާއްޞަ މަޤާމެކެވެ.
ޝަރުޠު:
- ގްރޭޑް 7ގެ ފެންވަރު ހުރުމާއި ކުރެވޭ އިންޓަރވިއުއިން ފާސްވުން. ނުވަތަ، ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
- މަސައްކަތުގެ މާހައުލުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން
- ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގައިހުރެ އުމުރުން 55 އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން
ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން
ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދިވެސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން
އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން
ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން
މުސާރަ: 3200.00 ރުފިޔާ + އިތުރު އިނާޔަތްތައް
ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 10 އޮގަސްޓު 2015ވާ ހޯމަ ދުވަހު މެންދުރު 12:00އެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށައަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.
ފޯން: 1400 301 960+، ފެކްސް: 3636 301 960+
އާސަންދަ ކޮމްޕެނީ ލޓޑ
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]، ވެބްސައިޓް: www.aasandha.mv
އިންޓަރވިޔުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ. އަދި ޝަރުޠުހަމަނުވާ ފަރާތްތަކާއި ޞައްޙަ ނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.