ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިމެއް ކުއްޔަށް ދޫކުރުން
މި ރަށުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިފާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުން އަދި ބީލަން ކަރުދާސް ވިއްކުން |
24 ފެބްރުވަރީ 2025 އިން 06 މާރިޗް 2025 އަށް (ރަސްމީ ގަޑިތަކުގަ) |
ބީލަމުގައި ރަޖިސްޓްރީ ވުމަށް، އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީ، ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، އީމެއިލް އަދި ގުޅޭނެ ފޯންނަނބަރު ބޭނުންވާނެއެވެ. |
|
ބީލަން ފޮތް ވިއްކާ އަގު: -/500 ( ފަސްސަތޭކަ ރުފިޔާ) |
|
ބީލަން ހުށަހެޅުން |
2025 މާރިޗް 13 ވަނަ ދުވަހުގެ 13:00 ގައި ލ.ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަމުގައި ރަޖިސްޓްރީވެފަ ނުވާފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. ބީލަމާގުޅޭ އިތުރު މަޢުލޫމާތު ބީލަންފޮތުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު: 6800803 /[email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 شَعْبَان 1446
23 ފެބްރުވަރީ 2025