މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދި ޕްލޭ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2025 ވަނަ އަހަރުގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ދަރިވަރުން ސްކޫލަށް ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކުލާސްތަކަށް އަލަަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން 20 މާރިޗު 2024 ގެ 13:00 ގެ ކުރިން މިއިދާރާއަށް ރަޖިސްޓްރޭޝަން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހަމައެކަނި ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ކަމުގައި ދަންނަވަމެވެ. އަދި ފޯމާއެކު، ހުށައެޅުމަށް ދަންނަވާފައިވާ ލިޔުންތައް ހަމަކުރައްވާ ކަނޑައަޅާފައިވާ ސުންގަޑިއަށް ފޯމު ހުށައެޅުއްވުމަށް ސާމާލުކަން ދެއްވުމަށްވެސް ދަންނަވަމެވެ.

ފީދެއްކުމާގުޅޭ މަޢުލޫމާތު، ފޮތްލިސްޓް އަދި ދަރިވަރުންގެ ޔުނީފޯމާއި ގުޅޭ މަޢުލޫމާތު، ކިޔެވުން ފެށުމުގެ ކުރިން ބެލެނިވެރިންނާއި ޙިއްސާކޮށް އޮޅުންފިލުވައިދެވޭނެ ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކެނދިޕްލޭ ސްކޫލުގެ ފޯކަލް ޕޮއިންޓް، އ.ތ.މ ކޮމިޓީގެ ނައިބުރައީސް، އަލްފާޟިލާ ނަޛްފާ މުޙައްމަދު ސަޢީދު (9661385) އަށް ގުޅުއްވުމަށް ދަންނަވަމެވެ.

ގްރޭޑް

ޢުމުރުފުރާ

ބޭބީ ނާސަރީ

2024 ވަނަ އަހަރު ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2024 ވަނަ އަހަރު ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24   ޝަޢުބާން   1446

23   ފެބްރުއަރީ   2025

23 ފެބުރުވަރީ 2025
ހޯދާ