ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
2,203/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމެންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސްއާ ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސްއާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސާ ގުޅޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސައިންސްއާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
- ސައިންސްއާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިންގ ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާ ބެހޭ ފަރާތްތަކަށް ދިނުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ތައްޔާރު ކުރަންޖެހޭ އެގްރީމެންޓް ފަދަ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް އެހީތެރިވެދީ އަދި އެގްރީމެންޓްގައި ސޮއި ކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ހޯދުން.
- ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރެވިފައިވާ އަދި ކުރިއަށް ގެންދެވޭ ފެނާއި ނަރުދަމާ ނިޒާމުގެ ސްޕަވިޝަން އަދި މޮނިޓަރިންގ ދަތުރުތައް ކުރުމަށް ތާވަލެއް އެކުލަވައިލުން. އަދި ކަނޑައެޅިފައިވާ ގޮތުގެ މަތިން ރަށްތަކަށް ދަތުރުކޮށް ސިސްޓަމްތަކާ ގުޅޭ ރިޕޯޓު 3 ދުވަހުގެ ތެރޭގައި އެކުލަވައިލައި ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން މަޝްރޫޢުތަކުގެ ރިވިއު (ކުއަރޓަލީ އަދި މަންތްލީ) ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން. އަދި އެ ކަންމާ ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޔައުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން ހަވާލު ކުރެވޭ މަޝްރޫޢުތައް ހިނގަމުންދާގޮތުގެ އަޕްޑޭޓް ކޮންމެ ހަފުތާއެއްގައި ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޔުނިޓުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ގުޅިގެން ވަޑައިގަންވާ ބޭރުގެ ކޮންސަލްޓަންޓުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ޢަމަލީ ގޮތުން ކޮންސަލްޓަންޓުން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
- ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ލިބޭ ލިޔެކިޔުންތަކަށް އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް ޖަވާބު ދިނުން.
- ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅުފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުުކޮށް ބޭނުންވާ އެހީތެރިކަން ދިނުން.
- މީގެއިތުރުން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
- އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
- ތިމާވެށީގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ގުޅުންހުރި ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 އޮގަސްޓު 2015 އާއި 10 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
21 ޝައްވާލް 1436
|