މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްސް، މޮނިޓަރ އަދި އައިޕެޑްސް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

       މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ 20 (ވިހި) ކޮމްޕިއުޓަރ ސިސްޓަމް، 15 (ފަނަރަ) މޮނިޓަރ އަދި 10 (ދިހައެއް) އައިޕެޑް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

       ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 03 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ. 

23 ފެބުރުވަރީ 2025
ހޯދާ