ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ހިތަދޫ އަވަށުން 01 ބިން ކުއްޔަށް ދޫކުރުން
އައްޑޫސިޓީ ހިތަދޫ އަވަށުގެ ކޮމާޝަލް ޒޯން ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
| 
 #  | 
 އަވަށް  | 
 ކުލީ ބިމުގެ ނަންބަރު  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށް ދޫކުރާ ބޭނުން  | 
| 
 1.  | 
 ސ.ހިތަދޫ  | 
 KB-21  | 
 2491 އަކަފޫޓު  | 
 ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް  | 
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.
| 
 #  | 
 ތަފްޞީލް  | 
 ތާރީޚް، މުއްދަތު އަދި ގަޑި:  | 
| 
 ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން  | 
 ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ.  | 
 24 ފެބްރުއަރީ 2025އިން 04 މާރިޗް 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް  | 
| 
 މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން  | 
 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ. 
  | 
 24 ފެބްރުއަރީ 2025އިން 04 މާރިޗް 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް  | 
| 
 ބީލަން ހުށަހެޅުން  | 
 ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. 
  | 
 06 އޭޕްރީލް 2025ވާ އާދިއްތަ ދުވަހުގެ 10:00  | 
މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި ބިމުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
24 ޝައުބާން 1446
23 ފެބްރުއަރީ 2025
