ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން

1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުން މި ހިނގާ ޝަޢުބާން މަހުގެ 29 (28 ފެބުރުވަރީ 2025) ވާ ހުކުރު ދުވަހުގެ ހަވީރު 5:30 ން ފެށިގެން އޮންނާނެއެވެ.

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހަނދު ފެނިއްޖެނަމަ ހަނދު ފެނުނު މީހާގެ ނަމާއި، އެޑްރެހާއި، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މަޢުލޫމާތުތައް ދިނުމަށްޓަކައި ހަނދު ފެނުނު މީހާ ވަގުތުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ދެއްވުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ފެބުރުވަރީ 2025
ހޯދާ