މުލަކަތޮޅު ރަތްމަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަތްމަންދޫ ސްކޫލްގެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން
މިސްކޫލުން ބޭނުންކޮށްފައިވާ ނުވިކި ހުރި ބައެއް ހަރުމުދާ ދެވަނަފަހަރަށް ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ހިމެނޭތަކެތީގެ ތަފްސީލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މާރިޗް 04 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށް ރަތްމަންދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ފައިސާ ދެއްކެވުމަށް ފަހު 2025 މާރިޗް 06 ގެ ކުރިން އެތަކެތި ގެންދަވަން ވާނެއެވެ. ނީލަމުގައި ނަގާ ތަކެއްޗަށް ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ފެބުރުވަރީ 2025
ހޯދާ