ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލުން

ހއ.މުރައިދޫގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަޢާރަފްކޮށް، އެ ވިޔަފާރިން ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދީ،

އިޤްތިޞާދީގޮތުން މަންފާ ލިބޭނެމަގު ފަހިކުރުމާއެކު، ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ޚާއްޞަކޮށް ރަށުގެ

ލޭންޑް ޔޫސް ޕްލޭންގައި "ޓޫރިޒަމް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުގައިވާ 10000 އަކަފޫޓުގެ 4 ބިން ފަތުރުވެރިކަމުގެ

ވިޔަފާރިކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ބިމަށް އެދުމުގެ ފުރުޞަތު

ހުޅުވައިލަމެވެ.

ބިމަށް އެދުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް

އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި ޕާޓްނަރޝިފްތަކަށާއި ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ

ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި

ތަކަށެވެ. ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕަކަށް ހަވާލުކުރެވޭނީ ގިނަވެގެން 1 (އެކެއް) ބިމެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށްއެދޭ ފަރާތްތަކުން "ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މި އިދާރާއަށް

ހުށަހަޅައިގެން ނުވަތަ މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލްކޮށްގެން ރަޖިސްޓްރީ ކުރެއްވުން

އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީކުރުމަށް ހުށަހަޅާ

ފަރާތުގެ ޒިންމާއެކެވެ.

ވީމާ، ފަތުރުވެރިކަމަށް ބިން ކުއްޔަށް ނެގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން

ޕްރޮޕޯސަލް ހުށައެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ

13:00 ށް މުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. ރަޖިސްޓްރީ ކުރާ ފޯމާއި ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށާއި ޕްރޮޕޯސަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް

ހުށަހަޅަން ވާނެއެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ

އެދޭ ކޮންމެ ޕްލޮޓަކަށް ވަކިވަކިން ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު

މި އިޢުލާނާ އެއްކަރުދާސްކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500032 އަށް ގުޅުއްވާ މަޢުލޫމާތު

ސާފުކުރެއްވުން އެދެމެވެ.

23 ފެބުރުވަރީ 2025
ހޯދާ