މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚަތިމްކުރުމުގެ ޕްރޮގްރާމް 1446

ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާނަށް އަޙުލުވެރި މުޖުތަމައެއް އުފެއްދުމުގެ މަޤްސަދުގައި ކައުންސިލުން ކުރިޔަށްގެންދާ ޕްރޮގްރާމްގެ ތެރެއިން  މިއަހަރު ރަމަޟާން މަހުގެ ޤުރުއާން ޚަތިމްކުރުމުގެ ޕޮރޮގްރާމެއް ކައުންސިލުން ކުރިޔަށްގެންދަން ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިޔަށްދާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގޮއިދޫގެ ރައްޔިތުންނާއި ގޮއިދޫގައި ދިރިއުޅޭ އެހެނިހެން ބޭފުޅުންގެ ތެރެއިން ބަލައިގެން ޤުރުއާން ކިޔަވަން އެނގޭ ބޭފުޅުންނަށެވެ.  މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 27 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.

        ޚަތިމް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައިވާ ކޮންމެވެސް އެއްގޮތެއް ހިޔާރުކުރެއްވުން އެދެމެވެ.

1-     ކައުންސިލަށް ދުރުވެ ނަންނޯޓްކުރުން

2-      ކައުންސިލް ވައިބަރ ނަންބަރ 7430055 އަށް “HATHIM KURUN 1446” ޖައްސަވާ އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯން ނަންބަރު ފޮނުވުން

3-      ކައުންސިލް ރަސްމީ ފޯން ނަންބަރު 6600005 އަށް ރަސްމީގަޑީގައި ގުޅުއްވައިގެން ނަންނޯޓް ކުރުން

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ފެބުރުވަރީ 2025
ހޯދާ