ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

23 އޮގަސްޓު 2015ގައި އިޢުލާން ކުރި އިޢުލާން ނަންބަރު: IUL)457-HR/1/2015/1011) އިޢުލާން ގައިވާ ސްޓެޓިސްޓިކަލް އޮފިސަރ މަޤާމު ބާޠިލުކޮށް އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

MS1

ރޭންކް

-/5610 ރުފިޔާ

މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ސްޓޭޑަރޑްސް ސެކްޝަން

ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާ ނުވަތަ ކޮމްޕިއުޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ސްޓޭޑަރޑްސް ސެކްޝަން

  • ތަފާސްހިސާބު ހޯދުމަށް ރާއްޖެއާއި ރާއްޖެއިންބޭރުގެ ފަރާތްތަކުން ފޮނުވާ ސުވާލުކަރުދާސް ފުރިހަމަކުރުމަށް އެހީތެރިވެދިނުން
  • ރާއްޖޭގެ ފަރާތުން ބައިވެރިވާ ތަފާސްހިސާބުގެ އެކިއެކި ކަންތައްތަކުގައި (އައި.އެމް.އެފް ގެ ޖީ.ޑީ.ޑީ.އެސް، އެސް.ޑީ.ޑީ.އެސް ފަދަ) ބައިވެރިވުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ކުރުން.
  •  އަތޮޅު އަދި ރަށު ފެންވަރުގެ ތަފާސްހިސާބު އެކުލަވައިލައި، މައުލޫމާތު ޗެކްކޮށް ވެރިފައިކުރުން.
  • އެކިއޮފީސްތަކުން ބަލަހައްޓާ ތަފާސްހިސާބު ސްޓެންޑަޑައިޒްކޮށް ތަފާސްހިސާބުގެ ނިޒާމް ހަރުދަނާކުރުމަށް އެހީވެދޭނެ ކަންތައްތައް އޮފީސްތަކާއި ގުޅިގެން ރާވާ ހިންގުން.
  • ތަފާސްހިސާބު ޗެކްކުރުމާއި ތަފާސްހިސާބާބެހޭ ސުވާލުކަރުދާސް ފުރިހަމަކުރުމާއި އަދި މީޑިއާ އަށާއި އަމިއްލަ ފަރާތްތަކަށް ތަފާސްހިސާބު ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ހަތަރުމަހުން އެއްމަހު ކުއާޓަރލީ ސްޓެޓިސްޓިކްސް ޕަބްލިކޭޝަންއެއް އެކުލަވައިލައި އާންމުކުރުން.
  • އިންޓަނޭޝަނަލް ކްލެސިފިކޭޝަން (ISIC) ބޭނުންކޮށްގެން ލޯކަލް ކްލެސިފިކޭޝަންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން، rv.3 ISIC ރިވިޝަން އިން 3.1 އަށް އަދި 4 އަށް ލިންކް ކުރުން، އަދި ކުރީގައިދެވިފައިވާ ކޮމަން ކޯޑްތަކުގެ ލިސްޓެއް އެކުލަވައިލުން.
  • އިންޓަނޭޝަނަލް ކްލެސިފިކޭޝަން (ISCO) ބޭނުންކޮށްގެން ލޯކަލް ކްލެސިފިކޭޝަންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި މަސައްކަތް ކުރެވޭގޮތް މޮނިޓަރ ކުރުން.
  • ބިއުރޯގެ ފަރާތުން އަހަރަކު އެއްފަހަރު ތައްޔާރުކުރާ ތަފާސްހިސާބުގެ އަހަރީފޮތާއި، ތަފާސްހިސާބުގެ ލީފްލެޓްތަކާއި، ޓައިމްލީކޮށް އެކުލަވައިލައި ގަވާއިދުން އާންމުކުރުމުގައި އެހީތެރިވުން.
  • އެން.އެސް.ޑީ.އެސް އިމްޕްލިމެންޓްކުރުމަށްކަމާބެހޭ އޮފީސްތަކާއި ކޯޑިނޭޓިންގް ކޮމިޓީ ގެ އެހީތެރިކަމާއެކު މަސައްކަތްކުރުން. (އަހަރުތެރޭގައި ތަފާސްހިސާބު ނެގުން ހަރުދަނާ ކުރުމަށް ވަކި ދާއިރާތަކެއްކަނޑައަޅާ އެކަމުގެ ޢަމަލީ މަސައްކަތް ކުރުން އަދި ސަރުކާރުގެ ތަރައްޤީގެ ޕްލޭން މޮނިޓަރކުރުމަށް ކަނޑައެޅޭ އިންޑިކޭޓަރތަކަށް ބޭނުންވާ ތަފާސްހިސާބު ހޯދުމަށް ޕްލޭނިންގް ޑިވިޝަން އާ ކަމާބެހޭ އޮފީސްތަކާއުކު މަސައްކަތްކުރުން.)
  • ޔުނިސެފްގެ އެހީގައި ހިންގާ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން އަދި ބޭރުގެ އެހީގައި ހިންގޭ ތަފާސްހިސާބުގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • އިންޓަރނޭޝަނަލް ކުއެސްޗަނެއަރތަކަށް ޑެޑްލައިންއަށް ޖަވާބުދިނުން އަދި ޑޭޓާ ރިކުއެސްޓްތަކަށް އަވަހަށް ޑޭޓާ ފޯރުވައިދިނުމުގައި އެހީތެރިވެދިނުން

މަޤާމުގެ މަސްއޫލިއްޔަތު:

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިއުލާންއަށް މުއްދަތު ހަމަވާތާ ދެފުތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓް ތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ

ޝޯޓް ލިސްޓް ކުރުން

16 އޮގަސްޓު 2015 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

 

04 އޮގަސްޓް 2015
ހޯދާ