މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލު ހުޅަނގުން އޮތް ހުސްބިން ސާފުކުރުމާއި ގުޅޭ

އިޢުލާން

ސްކޫލު ހުޅަނގުން އޮތް ހުސްބިން ސާފުކުރުމާއި ގުޅޭ

       ވެލާ ޕްރައިވެޓް އައިލެންޑް ރިޒޯޓްގެ ފަރާތުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ހައިޑްރޯފޮނިކްސް ސިސްޓަމް އިންސްޓޯލް ކުރުމަށްޓަކައި ހެނބަދޫ ސްކޫލުގެ ހުޅަނގުން އޮތް ހުސްބިން ވަނީ ކަނޑައެޅިފައެވެ.   

        ވީމާ، އެހުސްބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ދަރުތަކާއި، ބޮނބި އަދި އެހެނިހެން ތަކެތި 23 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އެސަރަހައްދު ސާފުކުރަމުންދާއިރު އެތަކެތި ކުނިކޮއްޓަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

21 ޝަޢުބާން 1446

20 ފެބުރުވަރީ 2025

20 ފެބުރުވަރީ 2025
ހޯދާ