ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލުތަކުގެ ތިމާވެށީ ކުލަބުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

ސްކޫލުތަކުގެ ތިމާވެށީ ކުލަބުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

                                 މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުފެންވަރުގައި ޙަރަކާތްތަކެއް ހިންގުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި ގޮތުން ޖޫންމަހުގެ 5 ވަނަ ދުވަހު މި ކައުންސިލުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލުތަކުގެ ތިމާވެށީގެ ކުލަބުތަކަށް އަމާޒުކޮށް "ރަށް ފެހިކުރަމާ" މި ނަމުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިމާވެށީ ކުލަބަކަށް އެހީތެރިވުމަށް ވަނީ ނިންމާފައެވެ. ތިމާވެށީ ކުލަބުތަކަށް، އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިމާވެށީ ކުލަބަކަށް 10,000.00 ރުފިޔާ (ދިހަ ހާސް ރުފިޔާ) ގެ މާލީއެހީތެރިކަން ދޭގޮތަށެވެ.

                 ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަށް ފެހިކުރުމުގެ ޕްރޮގްރާމް" ނަމުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އެޕްރީލް 24 ވަނަ ދުވަހުގެ 12:00އެވެ. ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  ޕްރޮޕޯސަލްތައް މެއިލު ކުރާނަމަ މި ކައުންސިލްގެ ރަސްމީ މެއިލް: info@halifatoll.gov.mv އަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.  ޕްރޮޕޯސަލް ފޯމް މި ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

                 އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޝަން ކޮމިޓީން މިންކުރުމަށްފަހު އެންމެ މަތީން މާކުސް ލިބޭ ކުލަބު ހިމެނޭ ސްކޫލަކަށެވެ.

20 ފެބުރުވަރީ 2025
ހޯދާ