ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމެންޓް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ
ނީލަން ކިޔަން ހަމަޖެހިފައިވާތަން : ( މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވްލޮޕްމެންޓް އުމަރު ޒާހިރު އޮފީސް ޢިމާރާތް، 2 ވަނަ ފަންގިފިލާ، އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:27ފެބުރުއަރީ 2025 ބުރާސްފަތި ދުވަހުގެ 10:00 ވަޑައިގަތުން އެދެމެވެ.
މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 1433
މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ. މިއީ މިތަކެތި ނީލަމުގައި ވިއްކާލުމަށް އިއުލާން ކުރެވޭ 03ވަނަ ފަހަރެވެ.27ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.