ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން (ފެބުރުވަރީ 2025)

ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 2025 ފެބްރުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި މި ކައުންސިލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ

  • 2024 ވަނަ އަހަރު އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް.
  • 2025 ވަނަ އަހަރު ރާވާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
  • ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ފުރުޞަތު ދިނުން.

                     ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ފ. ފީއަލީ ހުރިހާ ރައްޔިތުންނަށް އަރުވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2025
ހޯދާ