ދިވެހިރާއްޖެ
FSM-ADV/2025/022
މުވައްޒަފުންބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ، ޕްރޮޖެކްޓް |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް ބެލެހެއްޓުން - ބައްދަލުވުމުގެ ޔައުމިއްޔާ ނެގުމާއި ލިޔެކިއުންތައް ފައިލް ކުރުމާއި އަރުޝީފްކުރުން - ގުޅުންހުރި ފަރާތްތަކުގެ މެދުގައި ރަސްމީ މުއާމަލާތްތައް ތައްޔާރުކުރުން - ޕްރޮޖެކްޓްތައް ހިގަމުންދާ ސައިޓް ތަކަށް ދަތުރުކުރެވުން - ގަން ޗާޓްތަކާއި އެހެނިހެން ޕޮރޮޖެކްޓް ރިޕޯޓްތައް ހަދަން އެގުން |
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން - ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - އިންޖިނިއަރިންގ ޑިޕާޓްމަންޓް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.
20 ފެބްރުއަރީ 2025