ދިވެހިރާއްޖެ
މިރަށުން ފަތްކެޔޮ އިންދުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 10 ބިން ކުއްޔަށް ދިނުމަށް މި ކައުންސިލްގެ 04 ވަނަ ދައުރުގެ 189 (2025 ވަނަ އަހަރުގެ 02) ވަނަ ޢާންމު ބައްދަލުވުމަށް އެޖެންޑާކުރެވި ވަނީ ނިންމަވާފައެވެ.
ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.
- މައުލޫމާތު ދިނުމުގެ ސެޝަން: 23 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކިނޮޅަހު ކައުންސިލްގައި
- ޕްރޮޕޯޝަލް ހުށައެޅުން: 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން ކިނޮޅަހު ކައުންސިލް އިދާރާއަށް
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
މުއްދަތު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
މިހާރު ދޫކުރެވިފައިވާ ހައިޑްރޯފޮނިކްސް ބިމުގެ ދެކުނަށް |
10 އަހަރު |
ފަތްކެޔޮ އިންދުމަށް |
2000 އަކަފޫޓު |
އަކަފޫޓަކަށް މަހަކު 25 ލާރި |
މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 27 ފެބްރުއަރީ 2025 ބުރާސްފަތިދުވަހުގެ މެންދުރު ކުރި 11:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.