މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫއިން ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުން

ބ.ކިހާދޫއިން ތެލުގެ ވިޔަފާރިކުރުމަށް 10 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ. ބިން ކުއްޔަށްދޫކުރުމާގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ. ވީމާ މި ބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމަކީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ ދިވެހި އަމިއްލަ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި ދިވެހި ޕާޓްނަރޝިޕްތަކަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. އެއްވެސް ސިފައެއްގައި ބިދޭސީންނަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިބީލަމާ ގުޅިގެން ބީލަން ހުށަހަޅާނެ ފޯމެޓް ހިމެނޭ "ބީލަން ފޮތް" ބައްލަވައި ގަންނަވަން ވާނެއެވެ. އަދި ބީލަން ފޮތް ނުގަންނަ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. ބީލަން ފޮތް 2025 މާރިޗު 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ކިހާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 'ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް' ފުރިހަމަކޮށް ފައިސާ ދެއްކިކަމުގެ ރެސިޕްޓް (ބޭންކް ސްލިޕް) މި އިދާރާގެ އީމެއިލް: [email protected] އަށް ފޯމާއިއެކު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ފޮތުގެ އަގަކީ 2،000.00ރ (ދެހާސް ރުފިޔާ) އެވެ. ބިޑްފޮތް ގަތުމަށް ދައްކާ ފައިސާއަކީ ނޮން-ރިފަންޑަބަލް ފައިސާއެވެ. ބިޑްފޮތް ބައްލަވައިގަތުމަށްޓަކައި ފައިސާ ޖަމާކުރަށްވާނީ ތިރީގައި ތިރީގައި ދީފައިވާ މި އިދާރާގެ ބޭންކް އެކައުންޓަށެވެ.

ބޭންކް: BANK OF MALDIVES
ބޭންކް އެކައުންޓް ނަން: 1358 REVENUE 1
ބޭންކް އެކައުންޓް ނަންބަރު: 7719700459001

މި ބީލަމާ ގުޅިގެން ބީލަންފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 މާރިޗު 10 ވާ ހޯމަ ދުވަހުގެ ހެނދުނު 9:45 ގައި ކިހާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 މާރިޗު 17 ވާ ހޯމަ ދުވަހުގެ ހެނދުނު 9:45 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައެވެ.
ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ، އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހުށަހަޅާނަމަ 2025 މާރިޗު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2025
ހޯދާ