މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކައިރިން ކުރީގެ ވެސްޓްބީޗް ރެސްޓޯރަންޓް ބްލޮކް ހިމެނޭ ސަރަޙައްދުގައި ހުރި ޢިމާރާތަކުގެ ތެރެއިން ބިޑު އުޞޫލުން 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލި ފުރުޞަތުގައި ބިޑު ކުރި ޢިމާރާތް ކާމިޔާބު ކުރި ބައެއް ފަރާތްތަކުން ޢިމާރާތްތައް ދޫކޮށްލާފައިވާތީ، އެބްލޮކުގެ ޢިމާރާތުގެ ނަންބަރު 001 އަދި 003، ބިޑު އުޞޫލުން ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން

ނަންބަރު:  (IUL)303-ISS/303/2025/16

އިއުލާން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ކައިރިން ކުރީގެ ވެސްޓްބީޗް ރެސްޓޯރަންޓް ބްލޮކް ހިމެނޭ ސަރަޙައްދުގައި ހުރި ޢިމާރާތަކުގެ ތެރެއިން  ބިޑު އުޞޫލުން 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލި ފުރުޞަތުގައި ބިޑު ކުރި ޢިމާރާތް ކާމިޔާބު ކުރި ބައެއް ފަރާތްތަކުން ޢިމާރާތްތައް ދޫކޮށްލާފައިވާތީ، އެބްލޮކުގެ ޢިމާރާތުގެ ނަންބަރު 001 އަދި 003، ބިޑު އުޞޫލުން ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، 18 އަހަރުން މަތީގެ ހުރިހާ ދިވެހިރައްޔިތުންނަށް ހުޅުވާލުން

                  ސުރުހީގައި ދެންނެވިފައިވާ 02 އިމާރާތް، ބިޑް އުޞޫލުން 31 ޖުލައި 2026 ގެ ނިޔަލަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 2025 ފެބްރުއަރީ 20 ން ފެށިގެން 2025 މާރޗް 02 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ބިޑް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ އެވެ. ބިޑް ގަންނަން ބޭނުންވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބިޑް ޑޮކިޔުމަންޓް ގަންނަން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރައަށް ހުށަހަޅަންވާނެއެވެ. އަދި ބިޑް ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ބިޑް ގަތުމަށް ދައްކަވަންޖެހޭ ފައިސާ ޖަމާކުރައްވާނީ މިއިދާރާގެ ނަންބަރު 7717 700465 001 1344 ރެވެނިއު 01 އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރެއްވި ސްލިޕް 9318970 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ބިޑް ގަންނަ ފަރާތުގެ ނަމާއި އެޑްރެސް ޖެއްސެވުން އެދެމެވެ.

             ބިޑް ބައްލަވައިގެންނެވި ފަރާތްތަކާއެކު މިއިދާރާއިން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2025 މާރޗް 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގ އަށް ވަޑައިގެންނެވެން ނެތް ފަދަ ހާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުއްވާނަމަ ތަމްސީލްކުރައްވާ ކުންފުނި އެނގޭނެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެ ސްޓޭމްޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ 2025 މާރޗް 10 ވާ ހޯމަ ދުވަހުގެ 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްކަށް މިފުރުޞަތު ހުޅުވާލިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6584751 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ޢިމާރާތް ދޫކުރާ ސަރަޙައްދު ޗާޓް އެޓޭޗްކުރެވިފައިވާނެއެވެ.

19 ފެބުރުވަރީ 2025
ހޯދާ