ދިވެހިރާއްޖެ
UNESCO/China – The Great Wall Co-Sponsored Fellowships Programme (2025-2026) |
ޗައިނާގެ ދަގްރޭޓް ވޯލްކޯ ސްޕޮންސާޝިޕް ފެލޯޝިޕް ޕްރޮގްރާމް 2025 ގެ 47 ފުރުޞަތު އެފްރިކާ، އޭޝިޔާ ޕެސިފިކް، ލެޓިން އެމެރިކާ، ޔޫރަޕް އަދި އަރަބް ރީޖަންއަށް ލިބިފައިވާކަމަށް ވަނީ މިމިނިސްޓްރީއަށް އަންގާފައެވެ. މި ފެލޯޝިޕްގެ ޙަރަދުތަކުގެ ތަފްސީލް އަދި އިތުރު މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓްތަކުން ލިބެންހުންނާނެއެވެ. މި ސްކޮލަޝިޕަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 21 ފެބްރުވަރީ 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. އިތުރު މައުލޫމާތު: http://www.campuschina.org/universities/index.html ................................................................................................................................................................................ * މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ. |