ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ކައުންސިލް އެސިސްޓެންޓްގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 05 ފެބްރުވަރީ 2025 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2025/06 ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޝީޓްގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުށަހެޅުމަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ 19 ފެބްރުވަރީ 2025 ވަނަ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ޝަޢުބާން 1446
19 ފެބްރުވަރީ 2025