ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން ( ފެބްރުއަރީ 2025 )
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 107 ވަނަ މާއްދާގައިވާ ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ވޭމަންޑޫ ސްކޫލް ގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައިވާ ރިޕޯޓްތައް ހުށަހެޅުން އޮންނާނެއެވެ.
- 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
- 2024 ވަނަ އަހަރުގެ މާލީ ރިޕޯޓް ހިއްސާކުރުން
- 2025 ވަނަ އަހަރަށް ލަފާކުރެވުނު ބަޖެޓް ހިއްސާކުރުން
ވީމާ، މިބައްދަލުވުމުގައި އެންމެހާ ރައްޔިތުންނަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ފެބުރުވަރީ 2025
ހޯދާ