ދިވެހިރާއްޖެ
1446ވަނަ އަހަރު މި ރަށު 2 މިސްކިތުގައި އިމްމާމްވެ ޙިފްޘްކޮށް ތަރާވީޙް ނަމާދުކުރުމަށް އިންޑިއާ އިން ގެންނަ 2 އިމާމުން 35 ދުވަހު ބޭއްތިއްބުމާއި އަދި އެމީނުންނަށް ކާންދިނުމާއި އަންނައުނު ދޮވެ އިސްތިރިކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ.
1- މި ޚިދުމަތް ދިނުމުގައި ހަމަޖެހިފައި ހުންނަންޖެހޭނެ ކަންކަން
1.2- އިމާމުން ބައިތިއްބާ ކޮޓަރީގައި އޭސީ އަދި ފަންކާ ހަރުކުރެވި ބޭނުން ކުރެވޭ ގޮތަށް ހުރުން
1.3- އަންނައުނު ދޮވެދީ އިސްތިރި ކުރެވޭނެ ވަސީލަތްތައް (ދޮންނަ މެޝިން، އިސްތިރި) ހުރުން
1.4- ވަޅު ފެނާއި ސާފު ބޯފެން ލިބެން ހުރުން (ވަޅު ފެން އަދި ވޯޓަރ ސަޕްލައިފެން، އަދި ވާރޭ ފެން ލިބެން ހުރުން)
1.5- ކޮޓަރީގައި ހުންނަ އެނދު ވާންވާނީ ކިންގ ސައިޒްގެ އެނދަކަކަށެވެ. ނުވަތަ ސިންގަލް ސައިޒުގެ 2 އެނދު ވަކީންނެވެ.
1.6- އަލަމާރި އަދި ކުޑަ މޭޒެއް ހުރުން
1.7- ކޮޓަރީގައި މަދުވެގެން އިށީންނާނެ 2 ގޮނޑިހުރުން
2- ބިޑް ހުށަހެޅުއްވާނީ މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އަގު ހުށަހަޅާ ފޯމް" އިންނެވެ. މި ފޯމުން ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. "އަގު ހުށަހަޅާ ފޯމް" ބަލައިގަތުން އޮންނާނީ 25 ފެބުރުވަރީ 2025 އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ މީޓިންގައެވެ.
3- ހުށަހަޅުން އަންނަ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް މި ކަމަށް ކައުންސިލުން ކުއްޔަށް ހިފާނެ ކޮޓަރިއެއް ކަނޑައަޅާނީ ތިރީގައި މިދަންނަވާ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ.
- އަގު %85 (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކުގެ އަގަކީ ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅައިގެންނެވެ)
- ކޮޓަރީގެ ފުރިހަމަ ކަމަށް (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑްކޮމިޓީގެ މެމްބަރުން ކޮޓަރިއަށް ގޮސް ތަންބަލައި އެއަށްފަހު އެންމެ ފުރިހަމަ ކޮޓަރި ކަމަށް ކަނޑައަޅާ ކޮޓަރިއަށް އެންމެ މަތީ ޕޮއިންޓް ދެވޭ އުޞޫލުންނެވެ)
- ތަނުގައި ބޭނުންކުރެވޭ ތަކެއްޗަށް %5 (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑްކޮމިޓީގެ މެމްބަރުން ކޮޓަރިއަށް ގޮސް ތަންބަލައި އެއަށްފަހު އެންމެ ފުރިހަމަ ތަކެތި ކަމަށް ކަނޑައަޅާ ކޮޓަރިއަށް އެންމެ މަތީ ޕޮއިންޓް ދެވޭ އުޞޫލުންނެވެ)
4- ފޯމުގައި އަގު ހުށަހަޅަންވާނީ ރޭޓް ކޮލަމުގައި 1މަސް ދުވަހަށް ދެވޭ ކުލި އަދި ޖުމްލަ ކޮލަމުގައި 24 މަސްދުވަހަށް ޖެހޭ ކުލި ހިމަނައި އަދި އެފޯމުގެ ހުރިހާ ބައެއް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފަރާތުން ސޮއިކޮށްފައެވެ.
5- ހުށަހަޅާ ފަރާތްނޫން އެހެންފަރާތެއް މެދުވެރިކޮށްގެންވެސް މިކަމަށް އަގު ހުށަހަޅާ ފޯމް ހުށަހެޅިދާނެއެވެ.
6- ފޯމުގައި ޖީއެސްޓީ ހިމަނާނީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ފޯމް ހުށަހަޅާ ނަމައެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.