ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޓީ-ބިލްޑިންގ ހަރުކުރެވިފައިވާ 2 ލިފްޓް ޕެއިންޓް ކުރުން
މި މިނިސްޓްރީގެ ޓީ-ބިލްޑިންގގައި ހަރުކުރެވިފައިވާ 2 ލިފްޓްގައި ޕެއިންޓް ކުރުމަށް ކުރެވުނު ނަންބަރު IUL)13-J2/13/2015/149)ފ(18 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
|
# |
މަސައްކަތުގެ ތަފުސީލު |
މަޢުލޫމާތު ދިނުން |
ބިޑް ހުށަހެޅުން |
|
ޓީ-ބިލްޑިންގގައި ހަރުކުރެވިފައިވާ 2 ލިފްޓުގައި ޕެއިންޓް ކުރުން |
2015 އޮގަސްޓު 12 13:00ގައި |
2015 އޮގަސްޓު 16 13:00ގައި |
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ ސްޓޭޓް ޕްރޮޕަރޓީ މެނޭޖްމެންޓް ޑިވިޜަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
19 ޝައްވާލް 1436
