ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން ގެންނަ ޤުރްއާން މުއްދަރިސް ހުންނާނެ ރޫމެއް ކުއްޔަށް ހިފުމާއި ބެހޭ

ދާންދޫގައި، މީސްތަކުންނަށް ކީރިތި ޤުރްއާން (ﷲގެ ކަލާމްފުޅު) ގެ ޢިލްމު މި ކައުންސިލުން އުގަންނައިދީ އަދި ޤުރްއާން ތަޖުވީދުގެ މަގުން ކިޔަވައިދީ ޤުރްއާން ހިތުދަސްކުރާ ފަރާތްތައް ރަށުން އުފައްދައި ނެރުމުގެ މަތިވެރި މަޤްޞަދުގައި، "ހިދާއީނޫރު" ގެ ނަމުގައި ދާއިމީކޮށް ޤުރްއާން ކިލާހެއް ފެށުމަށް ބޭނުންވާ ޤުރްއާން މުދައްރިސް 20 ފެބުރުއަރީ 2025ވަނަ ދުވަހު ރާއްޖެ އަންނާނެއެވެ.

މިކަން ކުރިއަށް ގެންދާނީ ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒާއި، ދީނީ ކަންކަމާބެހޭ ވުޒާރާއާއި ގުޅިގެން މިކައުންސިލުންނެވެ. އެހެން ކަމުން މިކައުންސިލުން މިގެންނަ ޕާކިސްތާނުގެ ޤުރްއާން މުދައްރިސް ހުންނަވާނެ ކޮޓަރިއެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ.

 

1-      މި ކަމަށް ކޮޓަރިއެއް ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކައުންސިލަށް 25 ފެބުރުއަރީ 2025 ވަނަ ދުވަހު 13:00ގައި ބިޑް ހުށަހެޅުވުން އެދެމެވެ.

2-      ކޮޓަރީގައި ނުވަތަ އަދި އެކޮޓަރީގައި މި ކައުންސިލުން ބަހައްޓާ މުދައްރިސަށް ބޭނުންކުރެވޭނެގޮތަށް ތިރީގައި މިދަންނަވާ ކަންކަން ހުންނަންވާނެއެވެ.

2.1-            މި ކޮޓަރީގައި ހުންނަ މީހަކު އަމިއްލަޔަށް ކައްކައިކެވޭނެ އިންތިޒާމްތައް ހުރުން

2.2-            ބޭނުންވާނެ ތެލިތަށި ސަމްސާ ފަދަ ތަކެތި ހުރުން

2.3-            އަންނައުނު ދޮވެ އިސްތިރި ކުރެވޭނެ ވަސީލަތްތައް (ދޮންނަ މެޝިން، އިސްތިރި) ހުރުން

2.4-            ވަޅު ފެނާއި ސާފު ބޯފެން ލިބެން ހުރުން (ވަޅު ފެން އަދި ވޯޓަރ ސަޕްލައިފެން، އަދި ވާރޭ ފެން ލިބެން ހުރުން)

2.5-            ކޮޓަރީގައި އޭސީ އަދި ފަންކާ ހަރުކުރެވި ބޭނުން ކުރެވޭ ގޮތަށް ހުރުން

2.6-            ކޮޓަރީގައި ހުންނަ ބެޑްވާންވާނީ ކްއީން ސައިޒުގެ ނުވަތަ ކިންގ ސައިޒްގެ ބެޑަކަށެވެ.

2.7-            އަލަމާރި އަދި ކުޑަ މޭޒެއް ހުރުން

2.8-            ކޮޓަރީގައި މަދުވެގެން އިށީންނާނެ 1 ގޮނޑިހުރުން

 

3-      ބިޑް ހުށަހެޅުއްވާނީ މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އަގު ހުށަހަޅާ ފޯމް" އިންނެވެ. މި ފޯމުން ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. "އަގު ހުށަހަޅާ ފޯމް"  ބަލައިގަތުން އޮންނާނީ 25 ފެބުރުވަރީ 2025 އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ މީޓިންގައެވެ.

4-      ހުށަހަޅުން އަންނަ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް މި ކަމަށް ކައުންސިލުން ކުއްޔަށް ހިފާނެ ކޮޓަރިއެއް ކަނޑައަޅާނީ ތިރީގައި މިދަންނަވާ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ.

 

  • އަގު %85  (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކުގެ އަގަކީ ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅައިގެންނެވެ)
  • ކޮޓަރީގެ ފުރިހަމަ ކަމަށް (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑްކޮމިޓީގެ މެމްބަރުން ކޮޓަރިއަށް ގޮސް ތަންބަލައި އެއަށްފަހު އެންމެ ފުރިހަމަ ކޮޓަރި ކަމަށް ކަނޑައަޅާ ކޮޓަރިއަށް އެންމެ މަތީ ޕޮއިންޓް ދެވޭ އުޞޫލުންނެވެ)    
  • ތަނުގައި ބޭނުންކުރެވޭ ތަކެއްޗަށް  %5 (މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑްކޮމިޓީގެ މެމްބަރުން ކޮޓަރިއަށް ގޮސް ތަންބަލައި އެއަށްފަހު އެންމެ ފުރިހަމަ ތަކެތި ކަމަށް ކަނޑައަޅާ ކޮޓަރިއަށް އެންމެ މަތީ ޕޮއިންޓް ދެވޭ އުޞޫލުންނެވެ)

   

5-      ފޯމުގައި އަގު ހުށަހަޅަންވާނީ ރޭޓް ކޮލަމުގައި 1މަސް ދުވަހަށް ދެވޭ ކުލި އަދި ޖުމްލަ ކޮލަމުގައި 24 މަސްދުވަހަށް ޖެހޭ ކުލި ހިމަނައި އަދި އެފޯމުގެ ހުރިހާ ބައެއް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފަރާތުން ސޮއިކޮށްފައެވެ.

6-      ހުށަހަޅާ ފަރާތްނޫން އެހެންފަރާތެއް މެދުވެރިކޮށްގެންވެސް މިކަމަށް އަގު ހުށަހަޅާ ފޯމް ހުށަހެޅިދާނެއެވެ.

7-      ފޯމުގައި ޖީއެސްޓީ ހިމަނާނީ ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ފޯމް ހުށަހަޅާ ނަމައެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2025
ހޯދާ