ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ މެޖިސްޓްރޭޓް ކޯޓު
އދ. އޮމަދޫ
ދިވެހިރާއްޖެ
ނަންބަރު: I2C-A/2025/3
އިޢްލާނު
މި ކޯޓުގައި ބައުތަކެތީގެ ގޮތުގައި ހުރި ބައެއް ތަކެތި ނީލަން ކިޔުން 2025 ފެބްރުއަރީ 26 ވާ ބުދަ ދުވަހުގެ ހަވީރު 16:30 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އިން ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 2025 ފެބްރުއަރީ 26 ވާ ބުދަ ދުވަހުގެ ހަވީރު 16:30 އަށް މިކޯޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. މި ނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ޝައުބާން 1446
19 ފެބްރުއަރީ 2025