ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫ ކައުންސިލް އިދާރާގައި ސޯލާރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ނޭކުރެންދޫ ކައުންސިލް އިދާރާގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އޮފީސް ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރޭވިފައިވާ މަޝްރޫޢުގެ ދަށުން "ގްރިޑް-ޓައިޑް ޕީވީ ސޯލާރ ސިސްޓަމް" އެއް ބޭނުންކުރުމަށް ކުރަންޖެހޭ ސާވޭކޮށް، ކުރެހުންތައް ކުރަހާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދާއި، ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކައުންސިލް އިދާރާގައި ސޯލާރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

އޮންލައިންކޮށް ރަޖިސްޓަރވުމަށް:  https://forms.gle/eYVFPjUUfrNN9SXz5

ތަފްސީލް

ތާރީޚް

ގަޑި

ތަން

ބީލަމަށް ރަޖިސްޓްރީވުން

19 ފެބްރުއަރީ 2025 އިން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް

13:00

އޮންލައިންކޮށް މަތީގައިވާ ލިންކުން

ބީލަންތައް ހުށައެޅުމާއި ހުޅުވުން

 03 މާރޗު 2025

 ހޯމަ

10:30

ނޭކުރެންދޫ ކައުންސިލް އިދާރާގެ ހޯލު

         

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2018) އަދި (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ

ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ

މެއިލް: [email protected]

ފޯން: 6520042

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ފެބުރުވަރީ 2025
ހޯދާ