ދިވެހިރާއްޖެ
މި ކައުންސިލަށް ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުގެމަތީން ކައުންސިލް އެސިސްޓެންޓުން ބޭނުންވެއްޖެއެވެ. ވީމާ މި އިޢުލާނާއެކީގައިވާ ޓާމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތީން އެކަމަށް އެދޭ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް ފުރިހަމަކޮށް 2025 ފެބުރުވަރީ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިވަޒީފާއަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2025 މާރިޗު 05 އިން 2025 މާރިޗު 10 އާ ދެމެދު، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ޓާމްސް އޮފް ރިފަރެންސް
މަޤާމް: ކައުންސިލް އެސިސްޓެންޓް
ބޭނުންވާ ޢަދަދު: 03
- މަސްއޫލިއްޔަތު:
-
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި،އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޢިމާރާތެއްގެ ކުރަންޖެހޭ އެންމެހާ މަރާމާތުގެ މަސައްކަތް ކުރުމާއި، އެ ޢިމާރާތްތަކަށް ބަދަލުގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ޢަމަލީގޮތުން ކުރުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި، އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ފެނާ ނަރުދަމާއާއި، ކަރަންޓް ވިޔުގަޔަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި، އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޢިމާރާތްތަކެއްގެ ފުރާޅުތަކާއި ދިޔަދޮވިތައް ރަގަޅަށް ސާފުކޮށް ދިޔަ ދޮވިތަކުގައި ފެން ހަރުނުލާނޭހެން ބެލެހެއްޓުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި، އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޢިމާރާތްތަކެއްގައި ބަގީޗާ ހައްދާ އާލާކޮށް، ގަސްތައް ކޮށާ، ސާފުކޮށް، ބަގީޗާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި، އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޢިމާރާތްތަކެއްގެ ވަޅު ދިޔަހިއްކައި، ހަޑިނުވާނޭހެން ބެލެހެއްޓުން.
- މ. އަތޮޅު ސްޓޭޓް ހައުސް، އަތޮޅުކުރި، އަތޮޅުވެހި، ފަހިމާލަމް އަދި އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ ޢިމާރާތްތަކެއްގެ، މަރާމާތާބެހޭ މަޢުލޫމާތާއި، އެކަމާގުޅޭ ލަފާ ސްޕަވައިޒަރަށް ދެމުން ގެންދިއުން.
- އަތޮޅު ކައުންސިލުން މެހެމާންދާރީ އަދާކުރާ މެހެމާނުންގެ ފޮށިކޮޅުތައް، އަތޮޅުގެއަށް ގެނެސް، ފުރާވަޑައިގަތުމަށް އެތަކެތި ބަނދަރަށް ގެންދިއުމުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.
- ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
2. ޝަރުތު:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- ލިޔަންކިޔަން އެގުން
- ޖިނާއީ ކުށެއްގެ ރެކޯޑެއް ނެތުން
- ޞިއްޙީ ގޮތުން މަސައްކަތައްކުރެވޭނެ އެކަށީގެންވާ މީހެއް ކަމުގައިވުން ( ކޮށްފައިވާ މަސައްކަތްތަކާއި އަދާކޮށްފައިވާ ވަޒީފާގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.)
3. މުސާރައާއި އިނާޔަތްތައް:
- -މުސާރައާއި އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ މަހަކު: 9000.00 (ނުވަހާސް ރުފިޔާ) ރުފިޔާ
- -ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގައި ކުރާމަސައްކަތަކަށް ކަނޑައަޅާފައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
4. މުއްދަތު:
23 މަސް ދުވަސް
5.އިތުރު މަޢުލޫމާތު:
- ޢާއްމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ ހަފުތާއަކު 05 ދުވަހު ދުވާލަކު 06 ގަޑިއިރުއެވެ.
- ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަންޖެހިދާނެއެވެ.
- ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ޗެކަޕެއް ހަދަންވާނެއެވެ.
6. ވަޒީފާއަށް ކުރިމަތިލުން
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ:
1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6724703 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.