ދިވެހިރާއްޖެ
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު "ނާރެސް" ޕޯޓަލްގައި އަދާހަމަކުރަން ބޭނުންވެއެވެ.
އެގޮތުން ރަށަށް ގެންނަ ބިދޭސީންގެ މަޢުލޫމާތު (ޕާސްޕޯޓް / ވޯކްޕާރމިޓް) އެފަރާތްތައް ރަށަށް ގެނައުމުގެ ކުރިން ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މި މަޢުލޫމާތު ކައުންސިލާއި ޙިއްސާ ކުރުމަކީ އެފަރާތްތަކާއި ޙަވާލުވެ ހުންނަ ފަރާތުގެ ޒިންމާއެކެވެ. މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުޢައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ދަންނަވާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.