މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރުކޭޓަށް ގޮޅި ދޫކުރުމާއި ގުޅޭ

މި ކައުންސިލުން 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ތަކެތި ވިއްކުމަށް މިލަދުންމަޑުލު ދެކުނުބުރީ  މާފަރުން ހިލޭ ގޮޅި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ގޮޅިއެވެ. ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެކުނު ފަރާތު ކުޅިވަރުގެ ތެރެއިންނެވެ. ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ފަރާތަކަށް އެއްގޮޅިއެވެ. ގޮޅިއަށް ހުށައަޅާ ފަރާތްތައް 10 އަކަށްވުރެ އިތުރުވާނަމަ ގޮޅި ދޫކުރެވޭނީ ގުރުއަތުންނެވެ. ގޮޅި ދިނުމަށް ހަމަޖެހިފައިވަނީ ހަ ރޯދަ ނިމެންދެންނެވެ.

 

ވީމާ، ތަކެތި ވިއްކުމަށްޓަކައި ގޮޅި ބޭނުންވާ ފަރާތްތަކުން 25 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

19 ފެބުރުވަރީ 2025
ހޯދާ