ދިވެހިރާއްޖެ
މި ކޮމެޓީއިން "ހިތްތަކުގެ ނޫރު" ނަމުގައި، އިހަވަންދޫގެ މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އުފެއްދުމުގެ މަގުޞަދުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހިފްޡު ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ އިހަވަންދޫ އަށް ނިސްބަތްވާ 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަސްކުރުމަށް ހާއްސަ ކޮށްފައިވާ ފޮތް ހިތުން ކިޔައިދިނުމުން، އެދަރިވަރުންނަށް ފައިސާގެ އިނާމު ލިބޭ ގޮތަށެވެ. މި ޕްރޮގްރާމްގައި ފުރަތަމަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 500.00 (ފަސްސަތޭކަ) ރުފިޔާ، 2 ވަނަ ބުރު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް 700.00 (ހަތްސަތޭކަ) ރުފިޔާ އަދި ތިންވަނަ ބުރު ފުރިހަމަ ކުރުމުން 1000.00 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގުރާމުގައި ބައިވެރިކުރުމަށް ޝައުޤުވެރިވާ ދަރިވަރުން 2025 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ޕްރޮގްރާމުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ.
ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/kzDDHACupu?origin=lprLink
މުބާރާތުގެ ޤަވާއިދު: https://shorturl.at/Mkm89
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
20 ޝަޢްބާން 1446