ދިވެހިރާއްޖެ
ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލުމާ ގުޅޭ
މި މިނިސްޓްރީގެ ނަންބަރު (IUL)10-H/10/2024/65 (04 ޖޫން 2024) އާއި (IUL)10-DOFL/2024/70 (24 ޖުލައި 2024) އަދި ނަންބަރު 10-DOFL/10/2024/94 (01 ސެޕްޓެމްބަރ 2024) ވަނަ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާންތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ، އައު ސައިޓް ރަޖިސްޓްރޭޝަން ، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
ނަމަވެސް ، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ދެންނެވުނު ފިޔަވަޅުން އިސްތިސްނާވާނެ ކަމުގައި ދަންނަވަމެވެ.
20 ޝަޢްބާން 1446
19 ފެބްރުއަރީ 2025