ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ތަޅުންގަނޑު ލެވެލްކޮށް ތަށިމުށި ޖެހުމުގެ މަސައްކަތް
2- ކަރަންޓް ވައިރުކުރުމުގެ މަސައްކަތް
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 12 އޮގަސްޓު 2015 ވާ (ބުދަ) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޮގަސްޓު 2015 ވާ (ބުދަ) ދުވަހުގެ 13:00އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު:3321295 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
18 ޝައްވާލް 1436