ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް 2022 ވަނައަހަރު މިކައުންސިލުންކުރި ނަމްބަރ (IUL)325-MS/325/2022/27 އިޢުލާން ބާޠިލް ކުރެވިފައިވާތީ ،އަނެއްކާވެސް ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކައުންސިލުންވަނީ ނިންމަވާފައެވެ. މިގޮތުން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލްއަށް ގެންނަންޖެހޭ އިސްލާޙުތައްގެވެނި، މިހާރު ފާސްކުރެވިފައިވާ ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް 2025 ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2500 އަކަފޫޓުގެ 75 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ވީމާ ، ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 12 މާރިޗު 2025 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ފޯރމް ހުށަހެޅުން އެދެމެވެ. ނަމަވެސް މިކައުންސިލްގެ ނަމްބަރ (IUL)325-MS/325/2022/27 އިޢުލާނާ ގުޅިގެން ފޯރމްހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ފޯރމް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ކުރިން ހުށަހަޅާފައިވާ ފޯރމް އަނބުރާ ގެންދަން ބޭވުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އޮންނާނެއެވެ. މީގެ އިތުރުން ކުރިން ފޯރމް ހުށަހެޅި ފަރާތްތަކުގެ ދިރިއުޅުމުގެ ކަންކަމަށް އިތުރު ބަދަލެއް އައިސްފައިވާނަމަ ، އެކަމެއް ކައުންސިލަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ.
ގޯއްޗަށް އެދޭ ފޯރމް ބަންދުނޫންކޮންމެދުވަހެއްގެ ރަސްމީގަޑީގައި މިކައުންސިލުން ލިބެންހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯރމް ހުށަހަޅަން ބޭނުންވާ ފަރާތަކުން ފޯރމް އީމެއިލް ކުރާނީ [email protected] އަށެވެ. އީމެއިލް ކުރާ ފަރާތްތަކުން ފޯރމް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.
މިފަހަރު ގޯތި ދޫކުރާއިރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 2 ގޯތި ޚާއްޞަ ކުރެވިފައިވާނެއެވެ. މިފަދަ ފަރާތްތަކުން ހުށަޅާ ފޯރމާއެކު އެފަރާތެއްގެ ކަންކަން ބެލެހެއްޓުމުގައި ޒިންމާވާ ، ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ސިޓީ ހުށަހަޅަންވާނެއެވެ.
ފޯރމް ފުރިހަމަ ކުރާއިރު މަޢުލޫމާތު އަދާހަމަކުރާނީ ފޯރމް ފުރާ ތާރީޚާއި ހަމައަށެވެ. އަދި ފޯރމް ހުށަހެޅުމަށްފަހު ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލާއިގުޅިގެން މާރކްސް އުނި / އިތުރު ކުރުމުގައި ރިޢާޔަތް ކުރެވޭނީ ވަގުތީލިސްޓް ޢާންމުކުރާ ދުވަހާއި ހަމައަށެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
(ނ) ބަންޑަރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައިރަޖިސްޓްރީވެފައި ނެތުން .
(ރ) އަމިއްލަ ނުވަތަ ބަންޑަރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން . ނުވަތަ ލިބިފައިވާ މިފަދަބައެއް ބަންޑަރަގޯތިދޫކުރުމުގެ ޤަވާއިދާ އެއްގޮތަށް ދޫކޮށްލުން .
(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައި އޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން .
(ޅ) އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުމުގައި ރަޖިސްޓްރީވެފައި ނެތުން . ނުވަތަ މިފަދަތަނެއް އަމިއްލަނަމުގައި އޮވެ އެފަދަ ތަނެއް ދީ ނުވަތަ ވިއްކާލާފައިވާތާ 02 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން.
(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި ، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި ،ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ، ނުވަތަ އޮވެ ، އެގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މި އުޞޫލްގެ 4 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން .
މީގެ އިތުރުން ފޯރމްހުށަހަޅުއްވަނީ ޚާއްޞަ އެހީއަށްބޭނުންވާ ފަރާތެއް ކަމަށްވާނަމަ ، އެފަރާތަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
މިއިޢުލާނާއެކު ، މިއަހަރު ދިރިއުޅުމަށްޓަކައި ބަންޑަރަ ގޯތި ދުކުރުމަށް މިކައުންސިލުން ފާސްކޮށްފައިވާ އުޞޫލާއި ، ގެވަޅުދޫކުރާ ސަރަޙައްދުގެ ޗާޓް އަދި ، ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް ޢާންމު ކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.