ދިވެހިރާއްޖެ
ކ. ހުރާގައި އޭޓީއެމް ޢިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް ހުށަހެޅި އަންދާސީ ހިސާބުތައް ކައުންސިލުން މި މަސައްކަތް ކުރުމަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން ކުރިން ކޮށްފައިވާ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިއީ، މިކައުންސިލް އިދާރާގެ ގޯތިތެރޭގައި އޭޓީއެމްއެއް ބެހެއްޓުމަށް އިމާރާތް ކޮށްފައިވާ ތަނުގައި ބާކީ ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރާ ދެވަނަ އިޢުލާނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 12:15 އަށް މި ކައުންސިލް އިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.