މަޤާމު:
|
ސީނިއަރ އައި.ޓީ ޓެކްނީޝަން ގްރޭޑް 3
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ، ގްރޭޑް-3 (ސިވިލް ސަރވިސްގެ ރޭންކް MS2)
|
ބޭނުންވާ އަދަދު:
|
01
|
އަސާސީ މުސާރަ:
|
-/7,200 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4,000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
އެކު ޖުމްލަ:
|
-/14,440 ރުފިޔާ
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އައި.ޓީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރުދުވަހުގެ މިދާއިރާން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ (ޑިޕްލޮމާ ސެޓްފިކެޓް) އޮތުމާއެކު 5 އަހަރުދުވަހު މި ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮމިޝަނަށް ބޭނުންވާ އައިޓީ ސާމާނު ހޯދުމުގައި، ކޮމިޝަނުގެ ފައިނޭންސް ސެކްޝަނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކޮމިޝަނަށް ހޯދިފައިވާ އައިޓީ ސާމާނުގެ އިންވެންޓްރީ ބެލެހެއްޓުން.
- މެމްބަރުންނާއި މުވައްޒަފުން ބޭނުންވެގެން އެދޭ އައިޓީ ސާމާނުގެ ބޭނުންތެރިކަން އިވެލިޔުއޭޓްކުރުމާއި ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ އައިޓީ ސާމާނުގެ ސްޕެސިފިކޭޝަންސް ކަނޑައެޅުން.
- ކޮމިޝަނަށް ބޭނުންވާ އައިޓީ ސާމާނު ހޯދުމުގެ ކުރިން އައިޓީ ސެކްޝަނުގެ ފަރާތުން ދޭންޖެހޭ އެޕްރޫވަލް ދިނުން
- ކޮމިޝަނުގައި ބޭނުންކުރާ ހާޑްވެއަރ އާއި ސޮފްޓްވެއަރއަކީ އެން.ސީ.އައި.ޓީގެ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުން.
- ކޮމިޝަނުގެ ސަރވަރ އާއި ނެޓްވަރކް ބެލެހެއްޓުން.
- ކޮމިޝަނުގެ ވެބްސައިޓް ތައްޔާރުކުރުމާއި، އަޕްގްރޭޑް ކުރުމާއި މެއިންޓެއިން ކުރުން.
- ކޮންމެ އަހަރަކު ކުރިއަށް އޮންނަ އަހަރަށް ކޮމިޝަނަށް ބޭނުންވާނެކަމަށް ލަފާކުރެވޭ އައިޓީ ސާމާނާ ގުޅެގޮތުން އަހަރީ ބަޖެޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ފިންގަރޓެކް މެޝިން ބަހައްޓައި، މެޝިނާއި ގުޅޭކަންކަން ބެލެހެއްޓުމާއި މަހު ރިޕޯރޓް ހެދުމުގައި އެޗް.އާރް އަށް އެހީތެރިވެދިނުން
- ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ސޮފްޓަވެއަރ (އެޗް.އާރ، ޑާޓާ މެނޭޖްމަންޓް ސިސްޓަމްފަދަ) ހޯދުމާއި ތައްޔާރުކުރުން.
- ކޮމިޝަނަށް ހޯދާ ހާޑްވެއަރ އާއި ސޮފްޓްވެއަރއާ ގުޅޭގޮތުން މެމްބަރުންނާއި މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގަރާމް ހިންގުން.
- ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
- ފިނޭންސް ސެކްސަނުން، އެސް.އޭ.ޕީ. މެދުވެރިކޮށް ކުރަންޖެހޭ ކަންތައްތަކުގެތެރެއިން ޙަވާލުކުރެވޭ ރޯލު އަދާކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ފޯމުގައިވާ ލިޔުންތައް.
(އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)
ނޯޓް:
- އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މި ކޮމިޝަނުގެ އިދާރާއަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.
|
ސުންގަޑި:
|
- 2015 އޮގަސްޓު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން،
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ 15 ފަރާތަކަށެވެ.
- އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ސެޕްޓެންބަރު 01 ން 08 އާ ދެމެދުއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.
|