ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގޭބިސީތަކުން ކުނި ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ
                                ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ފެބުރުވަރީ 2025 ގައި ކޮށްފައިވާ ނަންބަރު 414/414/2025/17 އިޢުލާނު ގައިވާ މުއްދަތުގައި އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި އިޢުލާނު ބާޠިލުކޮށް އަނދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މައުލޫމާތު ދިނުން.
- ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކުނިނެގުމަށް ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީ ތަކާއި ވިޔަފާރިކުރާ ތަންތަނުންނެވެ. މިގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގެ ލިސްޓް ހަވާލުކުރެވޭނެއެވެ.
 - ކޮންމެ ދުވަހެއްގެ ހެދުނު 11:00 ގެ ކުރިން ގޭގެއިން ކުނި ( ބަދިގެ ކުނި ) ނެގުން.
 - ގޭބިސީ ތަކުންނާއި ފިހާރަތަކުން ނަގާ ކުނިތައް ނަގަންވާނީ ބައިބައި ވަކިވަކިންނެވެ. ( ބިއްލޫރި، ދަޅު ، ދަގަނޑު، އަންދާ ކުނި ، ބަދިގޭ ކުނި) އަދި ކުނިތަށް ކުނި ކޮށްޓަށް އަޅަންވާނީވެސް ބައިބައި ވަކިންނެވެ.
 - ހަފްތާއަކު 2 ދުވަހު ކޮންމެ ގޭބިސީއަކުން ބަދިގެ ކުނި ފިޔަވައި އެހެނިހެން ބާވަތުގެ ކުނިނެގުން . މިގޮތުން ކޮންމެ ދުވަހަކު ގިނަވެގެން 3 ގޯނީގެ ކުނި ކޮންމެ ގޭ ބިސީއަކުން ނެގުން. (މިކަން ކުރާނީ ކައުންސިލުން މި މަސައްކަތް ކުރަން އެންގުމުން)
 - ބަދިގެ ކުނި ފިޔަވައި ގޭބިސީތަކުން ކުނި ނަގަން ވާނީ ކައުންސިލުން ކުނި ނެގުމަށް ހަދާފައިވާ ޤަވާއިދާއި އެއްގޮތަށް ކުނިތަށް ބައިބައަށް ވަކި ކޮށް ގޯނިތަކަށް އަޅާފައި ހުންނަ ކުންޏެވެ.
 - ގޭބިސީތަކުން ކުނި އަޅާފައި ހުންނަ ގޯނިތަށް ކުނި އުކާލުމަށްފަހު އެގެތަކާއި ހަވާލުކުރަންވާނެއެވެ.
 - ކުނި އުފުލުމުގައި މަގުމައްޗަށް ކުނިތަށް ނުފައިބައި ގޮތަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަންވާނެއެވެ. އަދި ކުނި އުފުލުމުގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ އެތަނެއް ވަގުތުން ސާފުކުރަންވާނެއެވެ.
 
ބީލަން ހުށަހެޅުން: 27 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ [email protected] އީމެއިލް އަދި ވައިބާރ 7916100 މެދުވެރިކޮށް ބީލަން ހުށަހެޅުއްވުންއެދެމެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
.
މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގު 90 މާރކްސް
 - ތަޖުރިބާ 10 މާރކްސް
 
- ދެފަރާތުގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ ބިޑުކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމުގައި އިޖުތިމާއީ ޒިންމާގެ ގޮތުން ކޮށްދޭނެ ކަމެއް ނުވަތަ ކަންތައްތަކެއް ބިޑުހުށަހަޅާއިރު ހުށަހަޅާފައިވާނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ.
 
އިތުރު މަޢުލޫމާތު
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 7916100
އީމެއިލް:[email protected]
             18 ފެބުރުވަރީ 2025
            
        
                    ހޯދާ  
                
                