އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަދުރު އަދި މަސްދަޅުކޭސް ބެހުމާއި ގުޅޭ

            1446 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ދިވެހިސަރުކާރުން މިރަށުގެ ރައްޔިތުންނަށް ބެހުމަށް ފޮނުވާފައިވާ މަސްދަޅު ކޭހާއި ކަދުރު ޕެކެޓް، 19 ފެބްރުއަރީ 2025 ވާ ބުދަދުވަހުގެ 10:00 އިންފެށިގެން މިރަށުގެ ގޭބިސީތަކަށް ބެހުން މިކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

            ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން އެންމެ ފުރަތަމަ ކަދުރުބަލާ އަންނަ ގޭބިސީތަކަށް ކަދުރު ދޫކޮށް، މިކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 41 ޕަކެޓް ކަދުރު ހުސްވަންދެކަށެވެ.

            މަސްދަޅު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅުކޭހެކެވެ.

މީހުންދިރިއުޅޭ ގެއެއްގައި 1 ބިސީއަށްވުރެ ގިނަ ބިސީ ދިރިއުޅޭކަމުގައި ބަލައިގަންނާނީ، ކޮންމެ ގޭ ބިސީއެއްގައި ވަކިން ކައްކައި ކައިބޮއި ދިރިރިއުޅުމާއި އެކު ކަރަންޓްގެ ހިދުމަތް ވަކިންލެވި އަދި ކުނި ނައްތާލެވޭނެ ވަކި އިންތިޒާމެއް ވަކިން ހަމަޖެހި ވަކި ގޭބިސީއެއްގެގޮތުގައި ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކޮށްފައިވާނަމައެވެ.

              ވީމާ 1446 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ދިވެހިސަރުކާރުން މިރަށުގެ ރައްޔިތުންނަށް ބެހުމަށް ފޮނުވާފައިވާ މަސްދަޅު ކޭހާއި ކަދުރު ޕެކެޓް ބަލާ ގޭ ބިސީތަކުގެ ފަރާތުން، އެގޭ ބިސީއެއްގައި ދިރިއުޅުއްވާ ފަރާތެއް ވަޑައިގެންނެވުމަށް ދަންނަވަމެވެ. 

18 ފެބުރުވަރީ 2025
ހޯދާ