ދިވެހިރާއްޖެ
މި އިޢުލާންވަނީ 18 ފެބުރުވަރީ 2025 13:34 ގައި ބާތިލް ކުރެވިފައެވެ.
ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމުގެ ގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް މި ޑިޕާޓްމަންޓުގައި ޤާއިމްކުރުމުގެ މަސައްކަތް މި ޑިޕާޓްމަންޓުން މި ދަނީ ކުރަމުންނެވެ. ދެ ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވޭ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނޭނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލު 2 ގައި ހިމެނޭނީ ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެވެ.
ތަރުޖަމާނުންގެ ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނުމަށްޓަކައި އަންނަނިވި ބަސް ތަރުޖަމާކޮށްދޭނެ ތަރުޖަމާނުން މި ޑިޕާޓްމަންޓުން ބޭނުންވެއެވެ.
- ހިންދީ، ތަމަޅަ، ބަންގްލަދޭޝް، އުރުދޫ، ސިންހަލަ، އިނގިރޭސި، މެޑިކަލް އިނގިރޭސި އަދި ޕޯޗުގީޒް ބަސް.
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އެކަމަށްޓަކައި ކުރާ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލްކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ. ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އުޖޫރަދޭ ގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މަތީގައި ދެންނެވިފައިވާ ބަސްތަކުގެ އިތުރުން އެހެން ބަސްތައް ތަރުޖަމާ ކޮށްދިނުމަށްވެސް ހުށަހެޅޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ތަރުޖަމާނުން – Department of Judicial Administration (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓު) އިން ލިބިވަޑައިގަންނަވާނެއެވެ. އަދި [email protected] އަށް އީމެއިލް މެދުވެރުކޮށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.