މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން

                 ނަންބަރ: (IUL)281-CA/281/2025/11              

އިޢުލާން

ރައްޔިތުންގެ ތެޔޮބިން ކުއްޔަށް ދިނުމަށް ހުޅުވާލުން

  • ބިމުގެ ބޮޑުމިން : 1500 އަކަފޫޓުގެ 2 ބިން
  • ހުށައެޅޭ އެންމެ ކުޑައަގު : 10،000 ރުފިޔާ
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • ހުށައެޅޭނެ ފަރާތްތައް  : ށ ކޮމަންޑޫ އަށް ނިސްބަތްވާ ފަރާތް ނުވަތަ ކުންފުނިތަކަށް
  • ހުށައެޅޭނެ އަދަދު: ފަރާތަކަށް 1 ބިން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected]   އަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށައެޅުމަށް ރަޖިސްޓަރީކޮށްދެއްވުން އެދި ކޮންފަރާތަކުންކަން އެނގޭނޭހެން ، 23 ފެބްރުއަރީ 2025 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރުމަށްފަހު، 26 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

              19 ޝައުބާން 1446

18 ފެބްރުއަރީ 2025       

 

 

 

    

18 ފެބުރުވަރީ 2025
ހޯދާ