ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ރޭމްޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ރޭމްޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު Ref: GS213/IUL/2015/014 ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުން އަންގާގޮތަކަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވުމާއެކު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6582703 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އަންގައި އިޢުލާން ކުރަމެވެ.

06 އޮގަސްޓް 2015
ހޯދާ