މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަދަހަ މުބާރާތާއިގުޅޭ

1446 ވަނަ އަހަރުގެ ރަމަޟާންމަހު ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މަދަހަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ބ.ގޮއިދޫގައި ދިރިއުޅޭ ކޮންމެފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައިވާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 މާރޗް 2025 ވާ އާދިއްތަދުވަހުން ފެށިގެންނެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 26 ފެބުރުއަރީ 2025 ވާ ބުދަދުވަހުގެ 12.00ގެ ކުރިންނެވެ. މިމުބާރާތުގައި ބައިވެރިވެ ވަނަ ހާޞިލްކުރާ ފަރާތްތަކަށް އެކަށީގެންވާ އިނާމު ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ނަންނޯޓް ކުރެއްވުމަށް ގުޅުއްވާނީ ތިރީގައިވާ ނަންބަރުތަކަށެވެ.

9171049، 9180011

މިމުބާރާތުގެ ކެޓަގަރީތައް:

 ސްކޫލް ކުދިންގެ ބައި: ( ބައިވެރިވާ ކުދިން ހުށަހަޅާނީ ވަކި ވަކި މަދަހައެވެ.)

  • ގްރޭޑް: 1.2.3
  • ގްރޭޑް:4.5.6
  • ގްރޭޑް: 7.8.9.10

އާންމުންގެ ބައި:

  • 16 އަހަރުންމަތީގެ ކޮންމެ ފަރުދަކަށްވެސް ވަކިވަކި މަދަހަ ހުށަހެޅޭނެއެވެ.

މުއައްސަސާތަކަށް: ( މިބައިގައި ހުށަހެޅޭނީ ގްރޫޕް މަދަހައެވެ. ގްރޫޕެއްގައި މަދުވެގެން 5ބައިވެރިން ހިމަނަންވާނެއެވެ.)           މި ކެޓެގަރީގެ ބައި ކުރިއަށް ގެންދެވޭނީ މަދުވެގެން 2 މުއައްސަސާ ބައިވެރިވެގެންނެވެ.

އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :  9171049، 9180011

     މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                          

18 ފެބުރުވަރީ 2025
ހޯދާ