އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން، 26 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި، ޤުރުއާނާ ބެހޭ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
• 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުން
• 2024 ވަނަ އަހަރުގެ މާލީ ރިޕޯޓު ހުށަހެޅުން
• 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ބަޖެޓު ހިއްސާ ކުރުން
2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި އާއްމު ކޮށްފައި ވާނެއެވެ.
ވީމާ، މިބައްދަލުވުމަށް މަހިބަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
17 ފެބުރުވަރީ 2025
ހޯދާ