ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދުތައް، 2025 އަހަރު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ހއ. ހޯރަފުށީގެ އިޖުތިމާޢީ ސަރަޙައްދުތައް، 2025 އަހަރު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް އަދި ސާފުކުރަންޖެހޭ ސަރަޙައްދުތަކުގެ ކުރެހުންތައް، މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗްކުރެވިފައި ވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

20 ފެބްރުއަރީ 2025

ބުރާސްފަތި

11:00 (ހެނދުނު)

ބީލަން ހުށަހެޅުން

26 ފެބްރުއަރީ 2025

ބުދަ

13:30 (މެންދުރުފަހު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.gle/rQd3x7t2tFx6tVax6

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               18 ޝަޢުބާން   1446  

17 ފެބުރުވަރީ 2025
ހޯދާ