ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 4 ވަނަ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

            ކުޑަހުވަދޫ ކައުންސިލްގެ 4 ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީ ބޯލް ޗެލެންޖް 2025) މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮއްފީމެވެ. މުބާރާތް ފަށާނީ 2025 މާރޗް 04 ވަނަ ދުވަހުގައެވެ. މި ފުރުޞަތުގައި، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2025 ފެބްރުއަރީ 20 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް  ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2025 ފެބްރުއަރީ 23 ވަނަ ދުވަހުގެ 14:00އެވެ. ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގެ ގުރު ނެގުން އޮންނާނީ، 2025 ފެބްރުއަރީ 25 ވަނަ ދުވަހުގައެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު ޙިއްސާކުރެވިފައިވާނެއެވެ.  މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ. ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ.

ގޫގުލްފޯމް ލިންކް: https://forms.gle/fXCUTwPpENcFcxw8A

ޤަވާއިދުގެ ލިންކް: https://shorturl.at/LGrYk

17 ފެބުރުވަރީ 2025
ހޯދާ