އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސަރވަރ އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުމަށް

   ނަންބަރ: ASND/GA/IUL/2025/9


މި ކުންފުނީގެ ސަރވަރ އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 18 ފެބްރުއަރީ 2025 އިން 25 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ.

މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/82،461.80ރ، (އައްޑިހަ ދެހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ އައްޑިހަ ލާރި) މި ކުންފުންޏަށް ދައްކަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅޭ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %2 އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ. ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި ކަނޑައެޅޭ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ.

4 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483 / 7451400      

17 ފެބުރުވަރީ 2025
ހޯދާ