ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ - އޮފީސް ޑްރާމާ މުބާރާތާއި ގުޅޭ

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި މި އަހަރު ވެސް 5 އޮފީހަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި މުބާރާތަށް ޑްރާމާ ތައްޔާރުކުރުމަށްޓަކައި އޮފީސްތަކުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން ކުރިން ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ 14 ކެޓަގަރީކަމުގައި ވީނަމަވެސް މި އަހަރުގެ މުބާރާތަށް އިތުރު 4 ކެޓަގަރީއެއް ވަނީ އިތުރުކުރެވިފައެވެ. އެގޮތުން އެ 4 ކެޓަގަރީ އަކީ:

  1. އެންމެ މޮޅު ލަވަ
  2. އެންމެ މޮޅު ބެކް މިއުޒިކް
  3. އެންމެ މޮޅު ވިޝުއަލް އިފެކްޓްސް
  4. އެންމެ މޮޅު މޭކަޕް
17 ފެބުރުވަރީ 2025
ހޯދާ