މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ހައިޑްރޯފްލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެއަށްއެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުން

އިއުލާން

ހައިޑްރޯފްލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެއަށްއެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުން

 

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުއާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް ގެނެވުނު އިސްލާހު "ކިގާލީ އެމެންޑްމަންޓް" ގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން ހައިޑްރޯފުލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެ އެތެރެކުރާ އަދި ބޭނުންކުރާ މިންވަރު މަދުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

އެޗް.އެފް.ސީ ގޭހަކީ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ފަދަ ފިނިކުރުމަށް ބޭނުންކުރާ އާލާތްތަކުގައި ބޭނުންކުރާ ގޭހުގެ ބާވަތެކެވެ. ކިގާލީ އެމެންޑްމަންޓްއަކީ، މިފަދަ އާލާތްތަކުގައި ބޭނުންކުރާ، ޖައްވު ހޫނުވުމަށް ކޮންޓިރިބިއުޓް ކުރާ އެޗް.އެފް.ސީ ގޭސް މަދުކޮށް، ކޮންޓްރޯލްކުރުމަށް ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.  އެޗްއެފްސީއަކީ ޖައްވު ހޫނުކުރާ މިންވަރު (ގްލޯބަލް ވާރމިން ޕޮޓެންޝިއަލް) މަތި ގޭހެކެވެ. މި އިސްލާހުގެ ދަށުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗް.އެފް.ސީ މާއްދާތައް މަދުކުރުމަށް މަސައްކަތްކުރަން ފަށަންޖެހެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން 2024 ވަނަ އަހަރާއި 2028 ވަނަ އަހަރާއި ދެމެދުގައި އެޗް.އެފް.ސީ ބޭނުން ކުރުން ކޮންޓްރޯލްކޮށް މަދުކުރަން ޖެހޭނެއެވެ.

ދިވެހިރާއްޖެއިންވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޗް.އެފް.ސީ އެތެރެކުރާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެ ހިމެނޭ A5 – ޑިވެލޮޕިންގ ކަންޓްރީސް، ގްރޫޕް 1 ގެ ޤައުމުތަކުން، މި މިންވަރު ކަނޑައަޅަން ގެންގުޅެނީ، އެ ޤައުމަކުން 2020-2022 އަށް ބޭނުންކޮށްފައިވާ އެޗްއެފްސީގެ އެވްރެޖްއާއި އެޗްސީއެފްސީގެ ބޭސްލައިންގެ %65 ގެ މައްޗަށް ބިނާކޮށް އޭގެ ގްލޯބަލް ވާމިން ޕޮޓެންޓިއަލް (ޖީ.ޑަބްލިއު.ޕީ) ހުންނަ މިންވަރަށް ބަލައިގެން ކަނޑައަޅާ މިންގަނޑެކެވެ.

ޖީ.ޑަބްލިއު.ޕީ އަކީ ގްރީންހައުސް ގޭހެއް ޖައްވަށް ބޭރުވުމަށްފަހު އެ ގޭހަކުން އިންފްރާރެޑް ތާމަލް ރޭޑިއޭޝަން ހިފަހައްޓާ މިންވަރު ވަޒަންކުރާ އިންޑެކްސްއެކެވެ. އެކި ގޭހުގައި ޖީ.ޑަބްލިއު.ޕީ ޕޮޓެންޝިއަލް ހުންނާނީ އެކި މިންވަރަށެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އެޗް.އެފް.ސީ އާ އެޗް.އެފް.ސީ ބްލެންޑްސްގެ ޖީ.ޑަބްލިއު.ޕީ މިންވަރު ދައްކައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ.

 

 

Refrigerant

GWP value

R-32

675

R-134A

1430

R-23

14,800

R-404A

3922

R-407A

2107

R-407C

1774

R-410A

2088

R-507A

3985

R-417A

2346

R-417B

 

R-438A

2265

 

ދިވެހިރާއްޖެ ނިސްބަތްވާ ގްރޫޕުގެ ގައުމުތަކުން އެޗްއެފްސީ ކޮންޓްރޯލްކޮށް މަދުކުރަންޖެހެނީ ތިރީގައިވާ  ތާވަލްއާއި އެއްގޮތަށެވެ. 

Non-A5 parties (developed countries)

A5 parties (developing countries) - Group 2

A5 parties (developing countries) - Group 1

Baseline formula

Average HFC consumption levels for 2011-2013 + 15% of HCFC baseline

Average HFC consumption levels for 2024-2026 + 65% of HCFC baseline

Average HFC consumption levels for 2020-2022 + 65% of hydrochlorofluorocarbon (HCFC) baseline

 

-

2028

2024

Freeze

2019 – 10%

2032 – 10%

2029 – 10%

1st step

2024 – 40%

2037 – 20%

2035 – 30%

2nd step

2029 – 70%

2042 – 30%

2040 – 50%

3rd step

2034 – 80%

 

 

4th step

2036 – 85%

2047 – 85%

2045 – 80%

Plateau

ދިވެހިރާއްޖެއިން އެޗްއެފްސީ މަދުކުރަން ފަށަންޖެހޭ މިންވަރަކީ 433,063.819 CO2eq އެވެ. ވީމާ، 1 ޖެނުއަރީ 2025 އިން ފެށިގެން 31 ޑިސެމްބަރު 2025 އަށް ދިވެހިރާއްޖެއަށް އެޗްއެފްސީ އެތެރެކުރެވޭނެ އެންމެ ގިނަ މިންވަރަކީ 433,063.819 CO2eq އެވެ. މި އަދަދު ހަމަވަންދެން، އެޗްއެފްސީ އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނަވެގެން އެއްފަހަރާ ހުއްދައަށް އެދި ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ CO2eq ގެ އަށްވުރެ އިތުރު ނުވާނެ މިންވަރަކަށެވެ. އަދި ޝިޕްމަންޓް އޯޑަރ ދިނުމުގެ ކުރިން މަކުޑި ޕޯރޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

17 ފެބްރުއަރީ 2025

17 ފެބުރުވަރީ 2025
ހޯދާ